މިއަދު ރާއްޖެއިން ކޯވިޑް-19 ޖެހިފައިވަނީ އެންމެ އަށް މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި މިއަމާލެއިން ޕޮސިޓިވްވީ އެންމެ ހަތަރު މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ހަދަމުންދާ ރަށްތަކުން ތިން މީހަކާއި މީހުން ދިރިއުޅޭ ރަށަކުން މީހެކެވެ.
މިއަދު ކޯވިޑަށް، 2،613 ސާމްޕަލް ޓެސްޓު ކޮށްފައިވެ އެވެ.
މމިވގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދަނީ517 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ40 މީހުންނަށެވެ.
ބަލި ޖެހުނު މީހުްގެ ތެރެއި12،929 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިހާތަނަށް ކޯވިޑް ޖެހިގެން މަރުވެފައިވަނީ48 މީހުންނެވެ.
ކޯވިޑަށް ރާއްޖެއިން ޕޮސިޓިވްވެފައިވަނީ 13،301 މީހުންނެވެ.
https://twitter.com/HPA_MV/status/1341065884228530178
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް