70 އިން ސައްތަ އަންހެނުން ކުދިން އެންމެ ކަމުދަނީ އިސްކޮޅުް ދިގު ފިރިހެނުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާގައި ބުނަނީ އިސްކޮޅުން ދިގު ފިިރިހެނުންނަކީ 70 އިން ސައްތަ އަންހެނުންނަށް ވަރަށް ކަމުދާ ބައެއް ކަމަށާއި އިސްކޮޅުން ކުރު ފިރިހެނުން ކަމުދަނީ އަންހެނުންގެ ތެރެއިން އެންމެ 30 އިން ސައްތަ އަންހެނުންނަށް ކަމަށެވެ.
ބްރިޓިސް މެޑިކަލް ޖޯނަލްއިން ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނާގޮތުން 70 އިން ސައްތަ އަންހެނުންނަށް އިސްކޮޅުން ދިގު ފިރިހެނުން ކަމުދަނީ އެމީހުންގެ ހުންނަ ރަނގަޅު ހިއަގައިމު ބައެއް ސިފަތަކުގެ ސަބަބުންނެވެ. އެގޮތުން މި ދިރާސާ ހެދުމަށް ބްރިޓިސް މެޑިކަލް ޖާނަލްއިން އިސްކޮޅުން ދިގު ފިރިހެނުންނާއި ކައިވެނިކޮށްގެން އުޅޭ 368 އަންހެނުން ބޭނުން ކޮށްފައިވެއެވެ. އެގޮތުން އޭގެ ތެރެއިން 90 އިންސައްތަ އަންހެނުން ބުނެފައިވާ ގޮތުގައި އެމީހުންނަށް އިސްކޮޅުން ދިގު ފިރިހެނުން ކަމުދަނީ ސަބަބުތަކެއްވެސް ހުރީމައެވެ.
އެގޮތުން އެމީހުން ފާހަގަކޮށްފައިވާ ބައެއް ކަންތައް ތަކުގެ ތެރޭގައި އިސްކޮޅުން ދިގު ފިރިހެނުންް ބަލާލަންވެސް ރީތިވެފަ މާ ސްމާޓެވެ. އަދި ކަންކަމާއި ކުރިމަތިލުމުގައި ފަސްނުޖެހި ކުރެއެވެ. އަދި އެފަދަ ފިރިހެނުން ދިރިއުޅުމަށް ފަރުވާތެރިވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް ބޮޑެވެ. އަދި އަނބިމީހާއާއި ދޭތެރޭގައި ޝައްކު ކުރުމުގެ ބައި ވެސް ކުޑައެވެ. އެހެންކަމުން އިސްކޮޅުން ދިގު ފިރިހެނުންނާއި އެކު ދިރިއުޅުން ހިތްފަސޭހަވެފައި މާ އުފާވެރިކަމަށް އަންހެނުން ބުނެއެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން ބައެއް އަންހެނުން އިސްކޮޅުން ދިގު ފިރިހެނުން ކަމުދަނީ ހަމަ އެކަނި އިސްކޮޅުން ކުރިވީމައެއް ވެސް ނޫނެވެ. އެފަދަ ފިރިހެނުންގެ ހިމާޔަތް ލިބޭލެއް ބޮޑުވީމައެވެ. އެގޮތުން ދިމާވާ ބައެއް ނުރައްކާތެރި ދަނޑިވަޅުތަކުގައި އެފަދަ ފިރިހެނުންގެ ފަރާތުން ލިބޭ ރައްކާތެރިކަން ވެސް ބޮޑުވީމައެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި، 70 އިން ސައްތަ އަންހެނުންގެ މި ނަތީޖާއަށް ބަލާއިރު، ބޮޑެތި ކަންކަމުގައި މީހުންނާ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ޖެހޭ ހާލަތްތަކުގައި އިސްކޮޅުން ދިގު ފިރިހެނުން ނަށް އެ ކަންކަން ކާމިޔާބުކުރެވުމުގެ ފުރުސަތު ބޮޑުވުން އެކަށީގެންވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް