ކޮވިޑް ވައިރަސް ބަލަނީ ފެތުރިގަނެވޭނެ ފުރުސަތަކަށް، ކިތަންމެ ކުޑަ ފުރުސަތެއް ލިބުނަސް ފެތުރިގަންނާނެ: ޑރ. ނަޒްލާ

ކޮވިޑް-19 ވައިރަސްއަށް ބޭނުންވަނީ ފެތުރިގަންނާނެ ފުރުސަތެއް ކަމަށާއި ކިތަންމެ ކުޑަ ފުރުސަތެއް ލިބުނަސް ވައިރަސް ފެތުރިގަންނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެ އެވެ. އެޗްއީއޯސީގެ ތަރުޖަމާން ޑރތ. ނަޒްލާ ...

21 Dec 2020 | 13:14

ކޮވިޑް-19 ވައިރަސްއަށް ބޭނުންވަނީ ފެތުރިގަންނާނެ ފުރުސަތެއް ކަމަށާއި ކިތަންމެ ކުޑަ ފުރުސަތެއް ލިބުނަސް ވައިރަސް ފެތުރިގަންނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރތ. ނަޒްލާ ވިދާޅުވީ ކޮވިޑުބަލި އަޅުގަނޑުމެންގެ ތެރެއިން އަދިވެސް ނުދާ ކަމަށެވެ. އަދި މަދު މިންވަރަކަށް ނަމަވެސް ބަލި އެބައުޅޭ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މަދުން ނަމަވެސް ކޭސްތައް އެބަފެންނަ ކަމަށާއި އޭގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި ވައިރަސް އުޅޭކަން ކަމަށެވެ.

އެހެންކަމުން އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި މީގެ އިތުރުން މިކަމާ ގުޅިގެން ދުނިޔޭގައި ވެސް އިތުރު ބަދަލުތަކެއް، އިތުރު ކަންތައްތަކެއް އަންނަމުންދާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެގޮތުން ކޮވިޑް 19ގެ މުޅިން އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ފެތުރެމުންދާތީ، އެކަމަށް ޢިޝާރާތް ކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ އެކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް