އަނެއްކާވެސް ތައިލެންޑުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި ހާލަތު ގޯސްވެއްޖެ

އެތައް ދުވަހަކަށްފަހު ތައިލެންޑުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، މިހާތަނަށް އެ ޤައުމަށް ކުރިމަތިވެފައި ނުވާ މިންވަރަށް ވައިރަސްގެ އައުޓްބްރޭކެއް ކުރިމަތިވެއްޖެ އެވެ. ކޮވިޑް-19 ގެ ސަބަބުން ތައިލެންޑްގެ...

21 Dec 2020 | 13:03

އެތައް ދުވަހަކަށްފަހު ތައިލެންޑުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، މިހާތަނަށް އެ ޤައުމަށް ކުރިމަތިވެފައި ނުވާ މިންވަރަށް ވައިރަސްގެ އައުޓްބްރޭކެއް ކުރިމަތިވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ތައިލެންޑްގެ ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފައި އެތައް މަސްތަކެއް ބޭއްވުމަށްފަހު ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ތައިލެންޑް ހުޅުވާލީ ބުދަ ދުވަހު އެވެ.

ނަމަވެސް އޭގެ އެއް ދުވަސްފަހުން ތައިލެންޑްގެ ތެރެއިން ހަތަރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ކޭސްތަކާ ގުޅިގެން މިވަނީ ވައިރަސްގެ ބޮޑު ސަރޖްއެއް އަނެއްކާވެސް އެ ޤައުމަށް ކުރިމަތިވެފަ އެވެ.

ތައިލެންޑްގެ ސިއްހީ އޮފިޝަލުން ބުނީ ފުރަތަމަ ޕޮޒިޓިވްވީ 67 އަހަރުގެ އަންހެނެއް ކަމަށެވެ. މިމީހާއަކީ ތައިލެންޑުން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށްވެސް އޮފިޝަލުން ބުނެ އެވެ. އަދި އެއަށްފަހު އޭނާގެ އާއިލާގެ އިތުރު ތިން މީހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އެއަށްފަހު އާދިއްތަ ދުވަހުގެ ނިޔަލަށް އެ ޤައުމުން 689 މީހުން ޕޮޒިޓިވް ވެފައިވާއިރު، މިއީ ހައްތަހާވެސް ބޯޑަރު ހުޅުވާލި ފަހުން ހޭދަވި ހަތަރު ދުވަސްތެރޭ ޕޮޒިޓިވްވި މީހުން ނެވެ. އެއާއެކު އެ ޤައުމުން ޕޮޒިޓިވްވި މީހުންގެ  އަދަދު މިވަނީ ފަސްހާހާ ގާތް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް