ހުޅުމާލޭ މޫދުން ފެންނަމުންދާ ޖެލީ ފިޝްތަކަށް ސަމާލުވާން އިލްތިމާސް ކޮށްފި!

މި ދުވަސްވަރު ރެދަނުން ދިއްލޭ ހުޅުމާލޭ މޫދުގައި "ބްލޫ ބަޓަން ޖެލީ ފިޝް" އުޅޭތީ ސަމާލުވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސް ކޮށްފި އެވެ. ހުޅުމާލޭ މޫދުގައި ރެދަން ލާފައި ހ...

21 Dec 2020 | 12:58

މި ދުވަސްވަރު ރެދަނުން ދިއްލޭ ހުޅުމާލޭ މޫދުގައި "ބްލޫ ބަޓަން ޖެލީ ފިޝް" އުޅޭތީ ސަމާލުވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސް ކޮށްފި އެވެ.

ހުޅުމާލޭ މޫދުގައި ރެދަން ލާފައި ހުންނަތާ މިހާރު ދެ ރޭ ވެއްޖެ އެވެ. ފުރަތަމަ ރޭ މީހުންގެ ސަމާލު ކަމަށް މިކަން އައިގެން ރޭ ރެދަން ލާތަން ބަލަން ގިނަ އަދަދެއްގެ ބަޔަކު މޫދު ކައިރިޔަށް ގޮސްފައިވެ އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ މޫދުގައި "ބްލޫ ބަޓަން ޖެލީ ފިޝް" އުޅޭތީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި އެލާޖީގެ މައްސަލަ ހުންނަ މީހުން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. މިއީ ބަލައިލަން ރީތި އެއްޗެއް ކަމަށް ވިޔަސް، ފޮޓޯ ނަގައި މޫދަށް އެރި އުޅޭއިރު މިއަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

https://twitter.com/hdcmaldives/status/1340998487958286339

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް