މޭލޭ ސިޓީ ގޭގެއިން ކުނި ނެގުން ރޭގަނޑަށް ބަދަލު ކުރަން ނިންމައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ވެކްމޯގެ އޮޕަރޭޝަންސްތަކަށް ގެނައި ބަދަލާއި އެކު ކުނި އުކުމުގެ ހިދުމަތް ދެމުން ދަނީ ދުވާލު އެވެ. މިހާރު މާލެ، ހުޅުމާލެ އަދި ވިލިމާލޭ ގޭގެއިން ކުނި ނަގަމުން ދަނީ މެންދުރު ފަހު 2:30 އިން ފެށިގެންނެވެ.
ވެމްކޯއިން މީޑިއާގައި ބުނީ އަންނަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ކުނި ނެގުން ރޭގަނޑަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. ކުނި ނެގުން ރޭގަނޑަށް ބަދަލުކުރަނީ އަންނަ މަހު އަލުން ސްކޫލުތައް ހުޅުވުމާ އެކު، މާލޭގެ މަގުތަކުގެ ޓްރެފިކަށް ބާރުބޮޑުވުން ކުޑަކުރުމުގެ ބޭނުމުގައި އެވެ.
ވެމްކޯއިން މަޝްވަރާ ކުރަމުން ދަނީ ރޭގަނޑު 10:00 ން 12:00 އަށް ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާށެވެ.
ކޯވިޑް-19ގެ ލޮކްޑައުނާއި ގުޅިގެން ވެމްކޯ އިން ގެނައި ބަދަލާއި އެކު ކުނި އުކުމުުގެ ހިދުމަތް ދެނީ ގޭގޭގެ ގްރައުންޑް ފްލޯއަށް ކުނި ގެނައުމުންނެވެ. އޭގެ ކުރިން އިމާރާތުގެ ވަކި ވަކި އެޕާޓްމެންޓުތަކަށް ކުނި ބަލާ ވެމްކޯ މުވައްޒަފުން ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް