"ވިސްނާ" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ޚާއްސަ ޖަލްސާއެއް ބާއްވަނީ

"ވިސްނާ" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ޕްރެސްގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މި ޖަލްސާ އ...

21 Dec 2020 | 09:14

"ވިސްނާ" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ޕްރެސްގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މި ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ޖަލްސާއަށް ދައުވަތު ދެއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިޖަލްސާގެ އެންމެބޮޑު މަޤްސަދަކީ ރައްޔިތުންގެ ގެއްލެމުންދާ ހައްގުތައް ހޯދުމަށް އަޑު އުފުލުމާއި، ސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންކަން ރައްޔިތުންނަށް ހާމަކުރުން ކަމަށެވެ.

"މިއީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއިމެދު ސަރުކާރުން ކުރަމުންދާ އެކި އެކި ކަންކަން ހާމަކޮށް ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމަށް ބާއްވާ ޖަލްސާއެއް. މިޖަލްސާގައި އިދިކޮޅު ކޯލިޝަންގެ އިސްސަފުގައި ހަރަކާތްތެރިވާ ހުރިހައި ބޭފުޅުންނާއި، މާލޭގެ އެކި ދާއިރާތަކުގެ ސްޓިއަރިންގ ކޮމިޓީތަކުގެ މެމްބަރުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ." ޝުޖާއު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް