ކ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށް ޔެލޯ އެލާޓު ނެރެފި އެވެ.
އެލަޓު ނެރެފައިވަނީ މިއަދު މެންދުރު 1:00 ން ހަވީރު 5:00 އަށެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ އެވެ.
އެހެން ސަރަހައްދުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އާދައިގެ ވަރަށްވުރެ ކަނޑުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެ ތެރެ އާއި އުތުރުގެ ބައެއް ރަށްރަށަށް ވާރޭ ވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށުން، ހާއްސަކޮށް އެ ސަރަހައްދުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓުން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް