ޑައިޓް ނުކޮށް ހިކެވޭނެ ގޮތެއް މިއޮތީ

ގިނަގިނައިން ފެންބުއިން ފެން ބުއިމޭ ބުނުމުން މިއީ ވަރަށް އާދައިގެ ކަމެކޭ ހިތަށް އަރާނެއެވެ. ފަހަރުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ފެން ނުބޮވެނީ މިހެންވެ ކަމަ...

21 Dec 2020 | 06:56

ގިނަގިނައިން ފެންބުއިން

ފެން ބުއިމޭ ބުނުމުން މިއީ ވަރަށް އާދައިގެ ކަމެކޭ ހިތަށް އަރާނެއެވެ. ފަހަރުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ފެން ނުބޮވެނީ މިހެންވެ ކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް ފެނަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ ބުއިމެކެވެ. އެއާ ނުލައި އަހަރެމެންނަށް ދިރިނުހުރެވޭނެ ބުއިމެކެވެ. ގިނައިން ފެން ބުއިމުން ހަށިގަނޑުގައި ޖަހާ ބޭކާރު މަސްތައް ވިރެން ފަސޭހަވެގެންދެއެވެ.

ހަކުރު ބޭނުންކުރާ މިންވަރު މަދުކުރާށެވެ.

ހަކުރަކީ ދިވެހިންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ޢާންމުކޮށް ހިމެނޭ ބާވަތެކެވެ. ސައިތަށްޓެއް ވެސް ބޮވޭނީ އެއަށް ތިން ހަތަރު ސަމުސާ ހަކުރު އަޅައިގެންނެވެ. އަދި ހަކުރު ނާޅާ ބޯނަމަ އެއީ ސައިފަތު ފެނޭ ކިޔއިގެން ދިމާކުރާނެ ބަޔަކުވެސް ގިނަ ގޭގޭގައި އުޅޭނެކަން ޔަޤީނެވެ. އެހެން ނަމަވެސް ހަކުރަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ދައްކުރާ އެއްޗެކެވެ. އެހެން ކަމުން ހަކުރު ބޭނުންކުރުން އެއްކޮށް ހުއްޓާނުލެވުނަސް ހަކުރު ބޭނުންކުރާ މިންވަރު މަދު ކުރުމުން ހިކެން ފަސޭވެއެވެ. އަދި އޮބެސިޓީއާއި ހިތުގެ ބަލިތަކުންވެސް ދުރުކޮށްދެއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދާށެވެ.

ނިދުމަކީ ދުވާލުގެ ބުރަ މަސައްކަތަށްފަހުގައި ހަށިގަނޑަށް އަރާމު ލިއްބައިދޭ އަނެއްދުވަހު މީހާ ތާޒާކޮށްދޭ ކަމެކެވެ. އެހެން ކަމުން ކޮންމެ ރެޔަކުވެސް އަވަހަށް ނިދާފައި އަވަހަށް ހޭލަން އާދަކުރުމުން ހިކެންވެސް ފަސޭހަވެގެންދެއެވެ. ހަށިގަނޑަށް ލިބެންވާ މިންވަރަށް ނިދި ލިބޭނަމަ ހޭލެވޭނީވެސް ތާޒާކަންމަތީގައި ކަމަށްވުމުން ކެއުންވެސް ވަކި ގޮތަކަށް ގެންގުޅެން ފަސޭހަވެގެންދެއެވެ.

ތައްޔާރީ ކާނާ މަދުކުރުން

ކޮންމެ ދުވަހެއްގައިވެސް ނުހަނު މަސައްކަތުގައި އުޅެފައި ބަނޑުހައިވުމުން އައިސް ހިތަށްއެރި އެއްޗެއް ގަނެގެން ކާލުން މިއީ ވަރަށް ޢާންމުކަމެކެވެ. އެހެން ނަމަވެސް މިއީ ޞިއްޚަތަށް ވަރަށް ގެއްލުންހުރި ކަމެކެވެ. މިފަދަ ކެއުންތަކާއި ބުއިންތައް ބޭނުންކުރުން މަދުކޮށް ފައިދާހުރި ކާނާ ކެއުމުގއި ހިމެނުމުން ހަށިގަނޑުގައި ލޮކިމަސް ޖެހުން ދުރުކޮށްދެއެވެ. އަދި މިފަދަ ކެއުންތަކަށް އަޅާފައި ހުންނަ ފުޑް އެޑިކްޓްގެ ސަބަބުން މިފަދަ ކާނާއަށް ދެވިހިފައި އޮބެސިޓީއަށް މަގުފަހިކުރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް