ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ރެސިޑެންޝަލް ޑިވެލޮޕްމެންޓް "ވަން އެވެނިއު" އިން ވިޔަފާރި ކުރުމަށް ޔުނިޓެއް ކުއްޔަށް ދިނުމަށް ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ފިތުރޯނު މަގުގައި ހުންނަ މި އިމާރާތުން ކުއްޔަށް ދޭން ނިންމާފައިވަނީ މިނީ މާޓެއް ނުވަތަ ކޮންވީނިއަން ސްޓޯރެއް ހިންގާނެ ޔުނިޓެއް ކަމަށެވެ. އިމާރާތުގައި ފިހާރައެއް ހިންގަން ކުއްޔަށް ދޫކުރަން ނިންމީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ އިމާރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 1726.74 އަކަފޫޓެވެ. ފުރަތަމަ ފަސް އަހަރަށް ކުލީގެ ގޮތުގައި ބިޑް ކުރެވޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 32 ރުފިޔާ އެވެ.
މި ފިހާރަ ހިންގަން ބިޑް ކާމިޔާބު ކުރާ ފަރާތަކަށް ދެ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 14 ވަނަ ދުވަހެވެ.
އެޗްޑީސީން ބުނީ މި ސަރަހައްދަކީ އަލަށް އާބާދުވަމުން އަންނަ އަދި ކުރިޔަށް އޮތްތާ ގިނަ އިޖްތިމާއީ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާ ސަރަހައްދެއް ކަމަށެވެ. އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ވިޔަފާރި ހިންގުމުން އާންމުންނާއި ވިޔަފާރިވެރިންނަށް ކުރިޔަށް އޮތްތަނުގައި ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް