މާލެއަށް ބޯކޮށް ވާރޭވެހި އެސް.ޓީ.އޯ ފުށް ގުދަން ޞަރަޙައްދުގައި ފެންބޮޑުވެއްޖެ

އިއްޔެއިން ފެށިގެން ވެހެމުންއައި ވިއްސާރާގައި މާލެ ސިޓީގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެއެވެ. އެގޮތުން ބޯކޮށް ވެހުނު ވާރޭގައި އެސް.ޓީ.އޯ. ފުއް ގުދަން ޞަރަޙައްދުގައި ފެން ބޮޑުވުމާ ގުޅިގެން އެމް.އ...

21 Dec 2020 | 06:07

އިއްޔެއިން ފެށިގެން ވެހެމުންއައި ވިއްސާރާގައި މާލެ ސިޓީގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެއެވެ.

އެގޮތުން ބޯކޮށް ވެހުނު ވާރޭގައި އެސް.ޓީ.އޯ. ފުއް ގުދަން ޞަރަޙައްދުގައި ފެން ބޮޑުވުމާ ގުޅިގެން އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔު ޓީމުން މިހާރު ދަނީ އެޞަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.

އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔު ޓީމުން އެސް.ޓީ.އޯ. ފުއް ގުދަން ޞަރަޙައްދުގައި ޕަންޕް ބަހައްޓައިގެން ފެންތައް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު, ފެން ބޮޑުވުމުގެ މައްޞަލައަކީ މިހާތަނަށް ދާއިމީ ޙައްލެއް ލިބިފައިނުވާ މައްސަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް