ހަށިގަނޑުގައި މަސްޖަހައި ބަރުދަން އިތުރުވި ވަރަކަށް ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަތްދޮޅީގެ ދަށުގައި އަދި އިތުރު ދަތްދޮޅިއެއް ފެންނަހެން އިތުވެފައި އިންނަ މަސްކޮޅެއް ލުމެވެ. މިއީ ޙައްލުއޮތް އެހެން ނަމަވެސް ކުރު މުއްދަތަކުން ލިބެން އޮތް ޙައްލެއް ނޫނެވެ. މިކަން ޙައްލުކުރުމަށްޓަކައި ކުޑަ ހިތްވަރެއް ކުރަން ޖެހެއެވެ. އެގޮތުން ތިރީގައިވާ ވޯރކްއައުޓް ތަކަކީ ތަޖުރިބާކާރުން ހައްލު ލިބޭނެކަމަށް ޔަޤީންކަން ދެއްވާފައިވާ ވޮކްއައުޓްތަކެކެވެ.
ނެރެވުނު އެންމެ ބޭރަކަށް ދޫ ނެރޭށެވެ.
މި ފޭޝަލް ވޯރކްއައުޓް ހެދުމަށްޓަކައި ހުޅުވުނު އެންމެ ބޮޑަކަށް އަނގަ ހުޅުވާލާށެވެ. އެއަށް ފަހު ދޫވެސް ނެރެވުނު އެންމެ ބޭރަކަށް ނެރޭށެވެ. މިހެން ކަންތައް ކުރުމުން މޫނުގެ ހަންގަނޑަށް ވާންވެލާނެއެވެ. މިގޮތަށް 10 ސިކުންތުވަންދެން ހިފަހައްޓާލާށެވެ. އަދި ކޮންމެ ދުވަހަކުވެސްމަދުވެގެން 10 ވަރަކަށް ފަހަރު މި ފޭޝަލް ވޯރކްއައުޓް ހެދުމުން ތަފާތު ފެންނާނެއެވެ.
އޮށޯވެ އޮވެ ބޯ ހިއްލައިލާށެވެ.
މި ކަސްރަތު ކުރުމަށްޓަކައި އުއްޑުން އޮށޯންނާނީއެވެ. އޮށޯވެ އޮވެ މަޑުމަޑުން ބޯ އެކަނި ހިއްލާ ކުރިއަށް މެއާވީ ފަރާތަށް ގެންނާނީއެވެ. މި ގޮތަށް ވެސް 10 ވަރަކަށް ސިކުންތުވަންދެން ހިފަހަށްޓާލާށެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް 3 ސެޓް ފުރިހަމަކުރައްވާނަމަ ތަފާތު ފެންނާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ދެފަރާތަށް ފަހަރަކު ފަރާތަކަށް އެނބުރުން
ދެ ދަތްދޮޅި ލާނަމަ ކަރުގެ މަސްތަކަށް ކަސްރަތު ވަރަށް މުހިންމެވެ. އެހެންކަމުން ދެފަރާތަށް ދެފަރާތަށް ބޮލުން ހަރަކާތް ގެންއުމުން ކަރުގެ މަސްތަކަށް އެނގުންވެލައެވެ. މިގޮތަށް މި އެކްސަސައިޒް ކުރާނީ މަޑުމަޑުންނެވެ. މިގޮތަށް ކަންތައްކުރުމުން ކަރާއި ކަނދުރާގެ ހަންގަނޑަށް ވާންވެއެވެ. ޤަވައިދުން ކޮންމެ ދުވަހަކު މި ކަސްރަތުވެސް ކުރާނަމަ ދެ ދަތްދޮޅިލުމަށް ހައްލެއް ލިބޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް