އަހަރު ނިމުމުގެ ޕްރޮމޯޝަންގެ ނަމުގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ ޕެކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ ޖެނުއަރީ މަހުގެ 10 ގެ ނިޔަލަށެވެ. މި ޑޭޓާ ޕެކް ބޭނުން ކުރެވޭނީ ހަތް ދުވަހަށެވެ.
ދިރާގުން ބުނީ ޕްރޮމޯޝަންގެ މުއްދަތުގައި ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާގެ މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކުރުމުން 100 ޕަސެންޓަށް އިތުރު ޑޭޓާ ލިބޭ ނެ ކަމަށެވެ. މިއާއި އެކު އާންމުކޮށް 75 ރުފިޔާގެ މިނީ ޑޭޓާ ބަންޑްލްއިން ލިބޭ 1.5 ޖީބީ ޑޭޓާގެ ބަދަލުގައި 3 ޖީބީ ޑޭޓާ ލިބޭނެ އެވެ.
ޕްރީޕެއިޑު ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން މި ތައާރަފުކުރި އޮފާ ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ އެވެ.
މީގެ އިތުރުން ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފު ކޮށްފަ އެވެ. މި ބަދަލުތަކާ އެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
އާ ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް