ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަރނެޓް ބޭންކިންގ ގެ ޚިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.
އެ ބޭންކުގެ އިންޓަރނެޓް ޚިދުމަތަށް ދިމާވި މައްސަލައާ ގުޅިގެން ބީއެމްއެލް އިން ބުނެފައިވަނީ އެއީ ބޭންކިންގ ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އަދި ޚިދުމަތް މެދުކެނޑުނީ ވަގުތީ ގޮތުން ކަމަށާއި، ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ހޯދުމަށް ބޭންކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެ މައްސަލަ ހައްލުކޮށް އިންޓަރނެޓު ބޭންކިންގެ ޚިދުމަތް އަލުން ދީފައިވަނީ މިރޭ 08:30ހާއިރު އެވެ.
"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށްއެދެމެވެ.” ބޭންކުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް