މިރެއިން ފެށިގެން ސިނަމާލޭ ބްރިޖުގެ ބައެއް ލޭންތައް ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިރޭ 11:30 އިން ފެށިގެން ފަތިހު 5:30 އަށް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ ކަމަށެވެ. އަދި މާދަމާ ރޭ 11:20 އިން ފެށިގެން 23 ވަނަ ދުވަހުގެ ފަތިހު 5:30 އަށް މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ ކަމަށެވެ.
ނަމަވެސް އެ ދެ ލޭން ބަންދު ކުރަން ނިންމާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ބްރިޖުގެ ލޭންތައް ބަންދުކުރެވޭ ވަގުތުތަކުގައި ހުޅުވާލާފައިވާ ލޭނުން ދެކޮޅަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. އަދި އެކަމުގެ އިރުޝާދުތައް ފުލުހުން ދެމުންގެންދާނެ ކަމަށެވެ.
ސިނަމާލެ ބްރިޖުގެ އަހަރީ އިންސްޕެކްޝަނަށް ބްރިޖުގެ ބައެއް ލޭންތައް މީގެ ކުރިންވެސް ބަންދުކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް