ރާއްޖެއިން އިތުރު 124 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 124 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވީ މާލެއިން 25 މީހަކާއި އަތޮޅުތެރެއިން 91 މީހަކާއި ރިސޯޓުތަކުން 8...

21 Nov 2021 | 17:08

ރާއްޖެއިން އިތުރު 124 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވީ މާލެއިން 25 މީހަކާއި އަތޮޅުތެރެއިން 91 މީހަކާއި ރިސޯޓުތަކުން 8 މީހުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 119 މީހުން ބަލިން ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ އަދަދު 88،434 އަށް ވަނީ އަރާފަ އެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 2،030 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ހޮސްޕިޓަލުތަކުގައި 12 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 248 މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ 231 ދިވެހީންނާއި 17 ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް