މިސްކިތަކަށް ކުޑަކަމުދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ މިސްކިތަކަށް ކުޑަކަމުދިޔަ މީހަކު ފުލުހުން ރޭ ހައްޔަރު ކޮށްފި އެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 19:58 ހާއިރު ކަމަށެވެ. އަދި ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 4...

21 Nov 2021 | 16:52

މާލޭގެ މިސްކިތަކަށް ކުޑަކަމުދިޔަ މީހަކު ފުލުހުން ރޭ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 19:58 ހާއިރު ކަމަށެވެ. އަދި ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ ބިދޭސީ ފިރިހެނެއް ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ މިސްކިތުގެ ހުރުމަތް ކަނޑާލާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފަ އެވެ.

މިދިޔަ މަސް ތެރޭގައި 40 އަހަރުގެ ދިވެއްސަކު ވަނީ ހުކުރު މިސްކިތާއި، އިސްލާމީ މަރުކަޒާއި ރައީސް އޮފީސް ކުރި މައްޗައް ކުޑަކަމު ގޮސްގެން ހައްޔަރު ކޮށްފަ އެވެ. އަދި ފުލުހުންގެ ބަންދުގައިި ބެހެއްޓުމަށް ފަހު ދޫކޮށްލާފައި ހުއްޓާ އިތުރު މިސްކިތަކަށް ކުޑަ ކަމުގޮސް މިސްކިތަށްކަށް އަރާ ހަތިމަކަށް ކުޅު ޖަހާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް