ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ މައްސަލަ ހައްލު ނުވެ ހަތް ގަޑިއިރު

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންގ އަށް މިއަދު ދިމާވި މައްސަލަ ހައްލުނުވެ ގިނައިރުވެގެންދާތީ އާންމުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ. މި މައްސަލައިގާ މިއަދު ބޭންކުން ...

21 Nov 2021 | 16:08

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންގ އަށް މިއަދު ދިމާވި މައްސަލަ ހައްލުނުވެ ގިނައިރުވެގެންދާތީ އާންމުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

މި މައްސަލައިގާ މިއަދު ބޭންކުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބޭންކިންގ ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިވަނީ ވަގުތީ ގޮތުން ހިދުމަތް މެދުކެނޑިފައި ކަމަށާއި، ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ހޯދުމަށް ބޭންކުން މިދަނީ މަސައްކަތްކުރަމުން ކަމަށެވެ.

"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް  މަޢާފަށްއެދެމެވެ." ބޭންކުން ބުނެފައިވެއެވެ.

ބޭންކުން މިއަދު ޓްވިޓާގައި، މައްސަލަ އުޅޭކަން ހާމަކޮށްފައިވަނީ މިއަދު މެންދުރު 1:26 ގައެވެ. އޭގެ ކުރިން 12:00 ހާއިރު މި މައްސަލަ ދިމާވާން ފެށިކަމަށް ކަސްޓަމަރުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

މި ހާލަތުގައި ބޭންކް އޮފް މޯލްޑިވްސްގެ ގިނަ ހިދުމަތްތަކަކަށް ބުރޫ އަރާފައިވާކަން ކަސްޓަމަރުން ފާހަގަކުރެއެވެ. އެގޮތުން ޕީއޯއެސް މެޝިިންތަކާއި، ބައެއް ފަހަރު އޭޓީއެމް ތަކުންވެސް ހިދުމަތް ނުލިބޭކަން ކަސްޓަމަރުން ހާމަކޮށް ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

ބައެއް ފަހަރު ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން ލޯޑް ވާއިރު އެކައުންޓްތަކުގެ އަދަދުތައް ދައްކަނީ ސުމެއްގައި ހުއްޓައެވެ.

މައްސަލަ ހައްލުނުވެ ހަތް ގަޑިއިރަށްވުރެ ގިނަ އިރުވެފައިވާއިރު، ފަހުން މި ކަމުގައި ބޭންކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް