ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މާލެ ވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވީ މިއަދު އެވެ. އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު ހަސަން އަހުމަދު އެވެ.
ރައީސް ނަޝީދު ވަނީ ކޮޕް26 ސަމިޓުގެ ތެރެއިންނާއި، އެ ސަމިޓުގައި ހަވާސާގައި ބޭއްވި އެކި ބައްދަލުވުންތަކުގައި ވެސް ތިމާވެށީގެ މައްސަލަތަކުގައި ކުރާ މަސައްކަތް އިތުރުކުރުމަށް ގޮވާލާފަ އެވެ. އަދި ތިމާވެށީގެ ހިމާޔަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރުވޭނީ ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންނަށްކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ސްކޮޓްލޭންޑްގެ ގްލާސްގޯއަށް ވަޑައިގެންނެވީ މިދިޔަ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް