ސްޓެވޯގެ ޖަނަރޭޓަރާއެކު، ވ. ތިނަދޫ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށައިފި

ވ. ތިނަދޫގެ އައު އިންޖީނުގެއިން ހިދުމަތްދޭން ފަށައިފި އެވެ. އެރަށުގެ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށާފައިމިވަނީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި، ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލ...

21 Nov 2021 | 11:05

ވ. ތިނަދޫގެ އައު އިންޖީނުގެއިން ހިދުމަތްދޭން ފަށައިފި އެވެ.

އެރަށުގެ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށާފައިމިވަނީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި، ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ މުޅިން އައު ޖަނަރޭޓަރަކާއެކުގަ އެވެ.

މި ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރުތަކުގެ ތެރެއިން، ކޮމިޝަންކޮށް ބޭނުން ކުރަންފެށި ފުރަތަމަ ޖަނަރޭޓަރެވެ. މިވަގުތު ތިނަދޫއަށް މި ޖަނަރޭޓަރުން ޚިދުމަތް ދެމުންގެންދާއިރު، މި އައު ޖަނަރޭޓަރާއެކު، ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136kW ވަނީ އިތުރުކުރެވިފަ އެވެ.

މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ، 656kW އެވެ. ވ. ތިނަދޫ ސްޓެލްކޯގެ އައު އިންޖީނުގެ ބޭނުންކުރަން ފަށާފައިވާއިރު، ތިނަދުގެ ބައު އިންޖީނުގޭގައި ހުރި ޖަނަރޭޓަރުސެޓްތައް އައު އިންޖީނުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ނެވެ.

އެރަށު ބައު އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް އައު އިންޖީނުގެއަށް ބަދަލު ކުރެވުމާއެކު، ބައު އިންޖީނުގެ ބޭނުން ކުރުން އެއްކޮށް ހުއްޓާލެވިގެންދާނެ އެވެ. އެރަށު އައު އިންޖީނުގެ ބޭނުންކުރަން ފަށާފައިމިވަނީ ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް އަޕްގްރޭޑް ކުރުމަށްފަހު އެވެ.

މީގެ އިތުރުން ތިނަދޫ އިންޖީނުގޭގައި ސޯލާ އިންސްޓޯޅް ކުރުމުގެ މަސައްކަތް ވެސް މިވަގުތު ދަނީ ކުރެވެމުން ނެވެ. އެގޮތުން ތިނަދޫ އިންޖީނުގޭގައި 20kW ގެ ސޯލާ އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް