މުރައިދޫގެ ރަސްމީކޮށް މަޖިލީހާއި ހަވާލު ކުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވުމަށްޓަކައި ވަގުތީ ގޮތުން ހަމަޖައްސާފައިވާ ގެ ކޮޅު "މުރައިދޫ" ގެ ރަސްމީ ކޮށް މަޖިލީހާއި ހަވާލު ކުރި ކަމަށް ސަރުކާރުން ބުނާ ވާހަކަ މަޖިލީހުގެ އިދ...

21 Nov 2021 | 10:58

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވުމަށްޓަކައި ވަގުތީ ގޮތުން ހަމަޖައްސާފައިވާ ގެ ކޮޅު "މުރައިދޫ" ގެ ރަސްމީ ކޮށް މަޖިލީހާއި ހަވާލު ކުރި ކަމަށް ސަރުކާރުން ބުނާ ވާހަކަ މަޖިލީހުގެ އިދާރާއިން ދޮގު ކޮށްފިއެވެ.

އެގޮތުން މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މުރައިދޫގެ ރަސްމީ ކޮށް މަޖިލީހުގެ އިދާރާ އާއި ހަވާލުކޮށްފައެއް ނުވެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެހެން ބުނެފައިވީ ނަމަވެސް މިއަދުގެ ވަގުތެއްގައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މުރައިދޫގެ މަޖިލީހުގެ އިދާރާ އާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސްް އެ ގޭގެ މަސައްކަތްތައް އެއްކޮށް ނުނިމޭ ކަމަށާއި އަދިވެސް ކުރަން ޖެހޭ ކުދި ކުދި މަސައްކަތް އެބަހުރި ކަމުގައެވެ.

މުރައިދޫގޭގެ މަރާމާތުގެ މަސައްކަތް ކޮށްފައި ވަނީ ސިފައިންގެ ކުންފުނި ސިފްކޯ އިންނެވެ. މުރައިދޫގެ ހުންނަ މަގު ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ އެ ސަރަހައްދުގައި މަޑުކޮށްގެން ތިބުމާއި އުޅަނދުފަހަރު ޕާކު ކުރުން ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަކީވެސް ރެޑް ޒޯނެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް