ހޫތީން އިއްޔެ ސައުދީއަށް 14 ޑްރޯން ހަމަލާ ދީފި

ޔަމަނުގެ ހޫތީން އިއްޔެ ސައުދީ އަރަބިއްޔާއަށް ޑްރޯން ބޭނުންކޮށްގެން14 ހަމަލާއެއް ދީފި އެވެ. ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީއަށް އަމާޒުކޮށް ވައޮގެ މަގުން ދިން ހަމަލާތައް ދީފައިވާނީ އެކި ސ...

21 Nov 2021 | 10:57

ޔަމަނުގެ ހޫތީން އިއްޔެ ސައުދީ އަރަބިއްޔާއަށް ޑްރޯން ބޭނުންކޮށްގެން14 ހަމަލާއެއް ދީފި އެވެ.

ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީއަށް އަމާޒުކޮށް ވައޮގެ މަގުން ދިން ހަމަލާތައް ދީފައިވާނީ އެކި ސަރަހައްދުތަކުގެ ސިޓީތަކަށް އަމާޒުކޮށް ކަމަށެވެ އެގޮތުން، ރިޔާދު، ޖިއްދާ، އަބާ، ޖިޒާން، ނަޖްރަންއަށް ޑްރޯން ބޭނުން ކޮށްގެން ހަމަލާދީފަވާ ކަމަށެވެ.

އެކަމަކު މި ހަމަލާތަކުގައި ބަޔަކު ޒަހަމްވި ކަމެއް ނުވަތަ ނޫން ކަމެއް ސައުދީން ހާމައެއް ނުކުރެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ހޫތީންގެ ބަޔާނުގައި ހަމާކޮށްފައިވާ ސައުދީގެ ސިޓީތަކާއި ހަމަލާ އަމާޒުވި ބައެއް ސަރަހައްދުތައް ދިމާނުވާ ކަމަށްވެ އެވެ.

މި ހަމަލާތަކުގެ ރައްދުފައި ސައުދީ އިސްވެ އުފައްދާފައިވާ އަރަބި ކޯލިޝަންގެ ސިފައިން ވަނީ ޔަމަނުގެ ހޫޓިންނަށް އަމާޒު13 ހަމަލާއެއް ދީފައިވެ އެވެ. އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ހޫތީން ހަތިޔާރު ބަހައްޓާ ތަނެއްގެ އިތުރުން ކޮމިއުނިކޭޝަން ސެންޓަރަކަށެވެ.

ޔަމަނުގައި ހަނގުރާމަ ފެށުނީ 2015 ވަނަ އަހަރު އެވެ. ހޫތީން ޔަމަނު ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދަނީ އީރާންގެ އެހީތެރިކަމާއި އެކު އެވެ. ޔަމަނު ސަރުކާރަށް އެހީތެރިވަމުންދަނީ ސައުދީ އިސްވެ އުފައްދާފައިވާ އަރަބި ކޯލިޝަނުންނެވެ.

ހޫތީން ބުނެފައިވަނީ އެމީހުން ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަނީ ކޮރަޮޕްޝަން ނައްތާލައި ބޭރުގެ ނުފޫޒުން ޔަމަނު ސަލާމަތް ކުރަން ކަމަށެވެ.

މި ހަނގުރާމައިގަ މިހާތަނަށް233،000 ގިނަ އާންމު ރައްޔިތުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް