ފާއިތުވި 2 އަހަރު އެމް.ޑަބްލިއު.އެސް.ސީ އިން ރެކޯޑް އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫޢު

ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް، އާބާދީގެ ކުޑަ ބޮޑު މިނެއް ބެލުމެއް ނެތި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުހިންމު ވައުދެކެވެ. ސަރުކާރުގެ މި ވައުދު ފުއްދުމުގ...

21 Nov 2021 | 10:53

ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް، އާބާދީގެ ކުޑަ ބޮޑު މިނެއް ބެލުމެއް ނެތި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފޯރުކޮށްދިނުމަކީ

މިސަރުކާރުގެ މުހިންމު ވައުދެކެވެ.

ސަރުކާރުގެ މި ވައުދު ފުއްދުމުގައި އެމް.ޑަބްލިއު.އެސް.ސީ އިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން ނެވެ.

މިގޮތުން ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން އަންނަނީ ހިންގަމުން ނެވެ.

ފާއިތުވި ތިން އަހަރު، އެމް.ޑަބްލިއު.އެސް.ސީ އިން ވަނީ 31 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް

ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއީ ދިވެހި ސަރުކާރުން އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. އަދި މިއީ

އެމް.ޑަބްލިއު.އެސް.ސީ ގެ ތާރީޚުގައިވެސް އެންމެ ގިނައިން ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހިންގި ތިން އަހަރެވެ.

މި މަޝްރޫޢު ތަކުގެ ތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް، 6 ރަށެއްގެ ފެނުގެ ނިޒާމް އަދި 2 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި ހުރިހައި މަޝްރޫޢު ތަކެއްގެވެސް އަމަލީ މަސައްކަތްތައް ދަނީ ކުރެވެމުން ނެވެ. އަދި ބައެއް މަޝްރޫޢުތަކުގެ ބޮޑުބައެއް މިހާރުވަނީ ނިމިފަ އެވެ.

މީގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީ އިން ކުރިން މަސައްކަތް ފަށާފައިވާ، އއ.ރަސްދޫ ފެނުގެ ނިޒާމް އާއި ޅ.ކުރެންދޫ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި މި ދެ މަޝްރޫޢު ވަނީ ސަރުކާރާއާއި ހަވާލުކުރެވިފަ އެވެ. މި މަޝްރޫޢު ތަކުގެ ދަށުން 3,000 އަށްވުރެ ގިނަ ގެއަށް ފެނުގެ ގުޅުން އަދި 3،000 އަށްވުރެ ގިނަ ގެއަށް ނަރުދަމާގެ ގުޅުން ގުޅައި ދެވޭނެއެވެ. މި މަޝްރޫޢު ތަކުގެ އަގު ޖުމްލަ 1.8 ބިލިއަން ދިވެހިރުފިޔާ  އަށް އަރަ އެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތަކުން ރަށްރަށަށް ފާގަތިކަން ލިބިގެންދާނެ އެވެ. ރަށްރަށުގެ ރައްޔިތުންނަށް ސާފު

ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބި، ވެށީގެ ރައްކާތެރިކަމާއި، އިޖްތިމާޢީ އިޤްތިޞާދީ ކުރިއެރުމާއި ރަށް ރަށުގައި ވަޒީފާގެ އިތުރު ފުރުޞަތު ފަހިވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް