45 ވަނަ ޤައުމީ ފެތުމުގެ މުބާރާތް ފަށައިފި

ޤައުމީ ފެތުމުގެ 45 ވަނަ މުބާރާތް ފަށައިފި އެވެ. މިއަހަރުގެ މުބާރާތަކީ ސްވިމިންގ ޕޫލްގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި އަންހެން 7 ޓީމާއި ފިރިހެން 9 ޓީމު ވަނީ ބައިވެރިވެފަ އެވެ. ހުޅުމާލޭގ...

21 Nov 2021 | 10:42

ޤައުމީ ފެތުމުގެ 45 ވަނަ މުބާރާތް ފަށައިފި އެވެ.

މިއަހަރުގެ މުބާރާތަކީ ސްވިމިންގ ޕޫލްގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި އަންހެން 7 ޓީމާއި ފިރިހެން 9 ޓީމު ވަނީ ބައިވެރިވެފަ އެވެ.

ހުޅުމާލޭގައި އޮންނަ ސްވިމިންގ ޕޫލުގައި ކުރިއަށްދާ މި މުބާރާތް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މިއީ ޤައުމީ ފެތުމުގެ މުބާރާތް ޕޫލެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އަންހެން 76 ފެތުންތެރިންނާއި، ފިރިހެން 119 ފެތުންތެރިން މި މުބާރާތުގައި ޓީމް ކެޓަގަރީގެ އިތުރުން ޖޫނިއަރ، ސީނިއަރ އަދި މާސްޓަރސް ކެޓަގަރީގައި ބައިވެރި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް