ފޭދޫ ބަނދަރު ފުންކުރުމުގެ %98 ނިމިއްޖެ

ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ %98 ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮ...

21 Nov 2021 | 07:05

ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ %98 ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ. އަދި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖުހުމާއި، 276 މީޓަރުގެ ސަރަހައްްދެއްގައި އެއްގަމު ތޮށިލުމާއި 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓްހެދުން ހިމެނެއެވެ.

މީގެ އިތުރުން މަގު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރު ކުރުންވެސް މި  މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ  33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް