އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކޮށްގެން ހުކުރު ދުވަހު ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މާލޭގެ މަގުމަތިން އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކޮށްގެން ހައްޔަރުކުރި ދިވެހި ޒުވާނަކު ދޫކޮށްލައިފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާ އ...

21 Nov 2021 | 06:31

މާލޭގެ މަގުމަތިން އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަކޮށްގެން ހައްޔަރުކުރި ދިވެހި ޒުވާނަކު ދޫކޮށްލައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާ އިއްޔެ ފުލުހުންގެ ބަންދުން ވަނީ ދޫކޮށްލާފައި ކަމަށެވެ.

"އޭނާ ދޫކޮށްލާފައިވަނީ މައްސަލައާއި ގުޅިގެން އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިފައިނުވާތީ" ފުލުުހުން ބުނެފައިވެއެވެ.

ނަމަވެސް އަދިވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުުހުން ބުނެފައިވެއެވެ.

ހުކުރު ދުވަހު އަންހެން ކުއްޖަކު ފޭސްބުކުގައި ލިޔުނު ޕޯސްޓެއްގައި ދިވެހި ފިރިހެނެއްގެ ފޮޓޯއާއެކު ބުނުނެފައިވަނީ ހައްޔަރުކުރި ދިވެހި ފިރިހެން މީހާ، އެ އަންހެން ކުއްޖާގެ ފޫކޮޅުގައި ހިފީ ކަމަށާއި ހިފީވެސް އެގޮތަށް އެކަން ކުރާނެކަން ދިމާލަށް ބުނުމަށްފަހުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް