އަނެއްކާވެސް ލަންކާ ލަވައެއް ވައިރަލްވަނީ – މިފަހަރު ދިވެހިންނާ މާ ގާތް ރާގެއް

ޔޯހާނީގެ އަޑުން ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" ގެ އެރުމަށް މަޑުޖެހުމެއްނެތި ކުރިއަށްދާއިރު އަނެއްކާވެސް ލަންކާގެ ލަވައެއް ވައިރަލް ވެއްޖެއެވެ. މި ފަހަރު ވައިރަލްވެފައިވަނީ ލަންކާގެ ކުރީގެ ލަވައެއް ކަމު...

21 Nov 2021 | 06:19

ޔޯހާނީގެ އަޑުން ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" ގެ އެރުމަށް މަޑުޖެހުމެއްނެތި ކުރިއަށްދާއިރު އަނެއްކާވެސް ލަންކާގެ ލަވައެއް ވައިރަލް ވެއްޖެއެވެ.

މި ފަހަރު ވައިރަލްވެފައިވަނީ ލަންކާގެ ކުރީގެ ލަވައެއް ކަމުގައިވާ "ޕެމް ކެކުލަ ޕިޕީ" މި ލަވައިގެ ރީމޭކް އެކެވެ.

މި ރާގަކީ ދިވެހި، ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް ކިޔާފައިވާ "ހިތުން އޮހޮރޭ އެކޯރު" މި ރާގެވެ.

ޕެމް ކެކުލަ ޕެޕޭ މި ރާގުގެ ރީމޭކް ހަދާފައިވަނީ ލަންކާގެ މިއުޒިކް ކޮޕްމޯޒަރ ޑީޖޭ މާސް އެވެ. ރެޕް ބަޔަކާއެކު ރީމޭކްގައި އިވިގެންދަނީ އާޕްޒީ އާއި ރޯމެއިން ވިލިސްގެ އަޑެވެ.

https://www.youtube.com/watch?v=KdiD-kRIyBw

މިމަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރި މި ލަވައަށް ޔޫޓިއުބްގައި މިހާރުވެސް ދެ މިލިޔަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް