ރާއްޖެއިން އިތުރު 32 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނީ، ކޮވިޑް-19 އަށް މިއަދު 1،561 މީހުން ޓެސްޓުކޮށްފައިވާއިރު މީގެތެރެއިން ފައްސިވެފައިވަނީ 32 މީހުން ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 15 ބިދޭސީންނެވެ. މާލެއިން މިއަދު 19 މީހުން ޕޮޒިޓިވުވިއިރު އަތޮޅުތެރޭ ރައްތަކުން ފައްސިވި މީހުންގެ އަދަދަކީ 13 އެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 12578 އަށް އަރާފައެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު 62 މީހުން ބަލިން ރަނގަޅުވިއެވެ. އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 11559 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.
މިއަދު ގިނަ ބަޔަކު ބަލިން ރަނގަޅު ވުމުން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. މިހާރު ބަލި ޖެހިފައި ތިބީ 967 މީހުންނަށެވެ.
ރާއްޖެއިން މުޅި ޖުމްލަ ކޮވިޑް-19 އަށް 12،578 މީހުން މިހާތަނަށް ޕޮޒިޓިވުވެފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 11،559 އެކެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން 45 މީހަކުވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް