ކުށުގެ ރެކޯޑު ސާފު ކުރުން ޑީޖޭއޭއަށް ބަދަލުކޮށްފި

ޝަރުއީ ދާއިރާއިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބަދަލުކޮށްފި އެވެ. ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު...

21 Nov 2020 | 16:04

ޝަރުއީ ދާއިރާއިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބަދަލުކޮށްފި އެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ބެލެހެއްޓުން އެ އޮފީހަށް ބަދަލުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އެކަން އެގޮތަށް ބަދުލެވެފައިވާކަން އެޓާނީ ޖެނެރަލް އެ އޮފީހަށް އަންގަވާފައިވާތީ ކަމަށެވެ.

ޑީޖޭއޭއިން ބުނީ ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑު ސާފު ކުރުމުގެ ކަންކަން މާދަމާއިން ފެށިގެން ކުރިޔަށް ގެންދާނީ އެތަނުން ކަމަށެވެ.

ކުށުގެ ރެކޯޑު ސާފު ކުރުމަށް އެދޭ ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އެގޮތުން ހުށަހަޅާ ފޯމަށް ޖަވާބު ދޭނީ އީމެއިލުން ކަމަށް ޑީޖޭއޭއިން ބުނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

މީގެ ކުރިން ޝަރުއީ ދައިރާއިން ކުށުގެ ރެކޯޑު ސާފު ކުރުމަކީ ވަރަށް ބުރަ ބޮޑު ކަމެކެވެ. އެއީ ކޮންމެ ކޯޓެއް މެދުވެރިކޮށް ވަކި ވަކިން ކޫށުގެ ރެކޯޑު ސާފު ކުރަން ވަކި ފޯމެއް ވަކި ވަކި ކޯޓުތަކަށް ހުށަހަޅަން ޖެހޭތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް