ކާބުލްގެ ގްރީންޒޯންގެ ސަރަހައްދަށް ދިން ރޮކެޓް ހަމަލާތަކެއްގައި 8 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގެ ކާބުލްގެ ގްރީންޒޯންގެ ސަރަހައްދަށް ދިން ރޮކެޓް ހަމަލާތަކެއްގައި 8 މީހުން މަރުވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ގްރީންޒޯން ސަރަހައްދަސށް ރޮކެޓުގެ 23 ހަމަލާއެއް ވަނީ ދީފަ އެވެ. މި ހަ...

21 Nov 2020 | 11:14

އަފްޣާނިސްތާނުގެ ކާބުލްގެ ގްރީންޒޯންގެ ސަރަހައްދަށް ދިން ރޮކެޓް ހަމަލާތަކެއްގައި 8 މީހުން މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގްރީންޒޯން ސަރަހައްދަސށް ރޮކެޓުގެ 23 ހަމަލާއެއް ވަނީ ދީފަ އެވެ.

މި ހަމަލާތަކުގެ ޒިންމާ މިހައިތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

މި ހަމަލާތައް ދީފައިވަނީ ރޮކްޓްތައް ޓްރަކެއްގައި ހަރުކޮށްފައި ބަހައްޓައިގެން ކަމަށާއި މި ޓްރަކަށް، އެއްވެސް ދިމާލަކުން ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ނޭގި ވެރިރަށް ކާބުލްއަށް ވަދެވުނު ގޮތެއް ހޯދުމަށް މިހާރު ޚާއްސަ ތަހުގީގެއް ކުރަމުންދާ ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިހައިތަނަށް 8 މީހުން މަރުވިކަން ޔަގީންވެފައިވީ ނަމަވެސް މި އަދަދު އިތުރުވެ، ޒަޚަމްވި މީހުންގެ ޢަދަދު ވެސް މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ވެރިރަށް ކާބުލްއަކީ 5 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ހޮނިހިރު ދުވަހު، އަފްޣާނިސްތާނާއި ތާލިބާންގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާ މަންދޫބުންނާއި ގަތަރުގައި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ

ކާބުލްގެ ގްރީން ޒޯންއަކީ ބޭރު ގައުމުތަކުގެ އެމްބަސީތަކާއި، އަދި ބޭރު ގައުމުތަކަށް ނިސްބަތްވާ އެތަކެއް ކުންފުނިތަކެއް ހިމެނޭގޮތުން ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކޮށްފައި އޮންނަ ސަރަހައްދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް