ކ. މާފުށިން ޕޮޒިޓިވްވި 5 ފަތުރުވެރިން އެބަލިން ރަނގަޅުވެއްޖެ އެވެ.
މާފުށި ސިއްހީ މަރުކަޒުން ބުނީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި 5 ފަތުރުވެރިން އެ ބަލިން ރަނގަޅުވުމުން މިއަދު ދޫކޮށްލާފައި ކަމަށެވެ.
އެހެންކަމުން މިމަހުގެ 12 ވަނަ ދުވަހު އެރަށުން ކޮވިޑަށް ޕޮޒިޓިވް ވި ހުރިހައި އެންމެން ރަނގަޅުވެފައިވާ އިރު، އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގުނު 85 ރެންޑަމް ސާމްޕަލް ވެސް ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.
ގެސްޓް ހައުސްތަކުންނާއި، ވިޔަފާރިތަކުން އަދި ޓޫރިސްޓް އެންމެ ހަރަކާތްތަކުން ރައްކާތެރިކަމުގެ މިންގަނޑު ތަކަށް ބޯލަނބާފައިވާ މިންވަރު މިކަމުން އެނގިއްޖެ ކަމަށް މާފުށި ކައުންސިލުން ބުންޏެވެ.
ކުރިއަށް އޮތް ތަނުގައިވެސް އެ މިންގަނޑުތައް ހިފަހައްޓާ، ބަލި ފެތުރުނު ނުދިނުމަށް އިތުރަށް މަސައްކަތް ކުރުމަށް ސަމާލުކަން ދިނުމަށް މާފުށި ސިއްހީ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް