އިނޮވޭޝަން ކޮންފަރެންސް 2020 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހްމަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
މިއީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާ، ކެމްބްރިޖް ޔުނިވަރސިޓީ ގުޅިގެން އިންތިޒާމު ކޮށް ކުރިޔަށް ގެންދާ ކޮންފަރެންސް އެކެވެ.
ކޮންފަރެންސް އިފްތިތާޙްކޮށް މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކޯވިޑް-19ގެ ޚާއްސަ ޙާލަތުގައި ދަރިވަރުންގެ އުނގެނުން މެދުނުކެނޑި ކުރިޔަށް ގެންދިއުމުގައި ތަޢުލީމީ ދާއިރާގެ ހުރިހާ ބޭފުޅުން ކުރެއްވި، އަދި ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފަ އެވެ.
މިއީ ކޯވިޑް-19 ގެ ދަތި ޙާލަތުގައި އިންޓަރނެޓް މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މުދައްރިސުން ކުރެއްވި އައު އީޖާދުތަކާއި ތައްޔާރު ކުރެއްވި ފުރިހަމަ އާލާތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކޮށް، އަގުވަޒަން ކުރުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ.
މިއަދުން ފެށިގެން މި މަހުގެ 22 ގެ ނިޔަލަށް ޒޫމް މެދުވެރިކޮށް ކުރިޔަށް ދާ މި ކޮންފަރެންސް ގައި 23 ސްކޫލަކުން ބައިވެރިވެފައި ވެއެވެ. އަދި 47 ޕްރޮޖެކްޓް ހުށަހަޅާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް