އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދޮށީ ދަރިކަލުން ޑޮނަލްޑް ޓްރަމްޕު ޖޫނިއަރ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ކަރަންޓީނަށް ވަޑައިގެންފި އެވެ.
ޓްރަމްޕު ޖޫނިއަރ ގެ ތަޖުމާން ވިދާޅުވެފައިވަނީ ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ގެ ހަށިގަނޑުން ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.
އެހެންނަމަވެސް، އެގައުމުގައި އަމަލުކުރަމުން އަންނަ ގަވާއިދާ އެއްގޮތަށް އޭނާ ކަރަންޓީނުވެފައިވާ ކަމަށް ޓްރަމްޕު ޖޫނިއަރ ގެ ތަރުޖަމާން ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ 14 އަހަރުގެ ބެރޮން ޓްރަމްޕް ވެސް ވަނީ މީގެކުރިން ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ހޯއްދަވައިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޓްރަމްޕު ޖޫނިއަރ ގެ ކްލަސްޓަރ ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެގައުމުގައި ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާތީ، ގިނަ ބަޔަކާ ބައްދަލުވެފައިވާނެތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް