ނުވަ މަހަށް ފަހު ސަލްޓަން ޕާކު އަލުން ހުޅުވައިފި

ކޯވިޑް-19 އާއި ގުޅިގެން ސަލްޓަން ޕާކު ބަންދު ކުރިތާ ނުވަ މަސް ފަހުން އަލުން ހުޅުވައިފި އެވެ. ޕާކު އަލުން ހުޅުވީ މިއަދު ފަތިހުގެ އެވެ. ކޯވިޑާއި ގުޅިގެން ސަލްޓަން ޕާކު ބަންދު ކުރީ ވައިރަސް ފެތުރުން ހުއް...

21 Nov 2020 | 08:16

ކޯވިޑް-19 އާއި ގުޅިގެން ސަލްޓަން ޕާކު ބަންދު ކުރިތާ ނުވަ މަސް ފަހުން އަލުން ހުޅުވައިފި އެވެ.

ޕާކު އަލުން ހުޅުވީ މިއަދު ފަތިހުގެ އެވެ. ކޯވިޑާއި ގުޅިގެން ސަލްޓަން ޕާކު ބަންދު ކުރީ ވައިރަސް ފެތުރުން ހުއްޓުވަން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އާ އާންމު ހާލަތުގައި އެ ޕާކު ހުޅުވާނީ ކޮންމެ ދުވަހަކު ފަތިހު 4:30 ން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 ން ރޭގަނޑު 9:30 އަށެވެ.

ޕާކަށް ވަންނަ އިރު ހުރިހާ އެންމެންގެ ފިނިހޫނު މިން ބަލައި އަތް ދަބަސް ފާސްކުރާނެ އެވެ. އަދި ޕާކު ތެރޭގައި ފަސޭހައިން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.

މީގެ ކުރިން ސަލްޓަން ޕާކަށް ވަންނަ ބިދޭސީން އަތުން އެންޓްރީ ފީއެއް ނަގައެވެ. އެކަމަކު މިއަދުން ފެށިގެން ބިދޭސީންނަށްވެސް އެ ޕާކަށް ހިލޭ ވަދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

https://twitter.com/MaleCitymv/status/1329962582443081729

ކޯވިޑްގައި މާލޭގެ ހާލަތު ކޮންޓްރޯލްވެފައިވާތީ އާންމުން އެއްވެ އުޅޭ ތަންތަނާއި ދާރުލްއާސާރާއި ޕާކުތަކާއި މައިޒާންތައް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައި އެވެ. އެކަމަކު އޭގެ ފަހުން ވައިރަސް ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ.

ހާއްސަކޮށް މާލެއިން ޕޮސިޓިވްވާ މީހުންނާއި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަސް 12،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް