އަހަރު ފަހުކޮޅު ރެޑްވޭވްއިން ބާއްވާ "އަހަރީ ބާޒާރު" ފަށައިފި

ކޮންމެ އަހަރެއްގެ ފަހުކޮޅު ރެޑްވޭވްއިން ބާއްވަމުން އަންނަ "އަހަރީ ބާޒާރު" ފަށައިފި އެވެ. މިއަހަރުގެ ބާޒާރު ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 31 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގ...

21 Nov 2020 | 07:27

ކޮންމެ އަހަރެއްގެ ފަހުކޮޅު ރެޑްވޭވްއިން ބާއްވަމުން އަންނަ "އަހަރީ ބާޒާރު" ފަށައިފި އެވެ.

މިއަހަރުގެ ބާޒާރު ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 31 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ރެޑްވޭވްގެ ފިހާރަތަކުން 300 ރުފިޔާއަށްވުރެ މަތީގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ ރެޑްވޭވްގެ މާލެ އާއި ހުޅުމާލޭ ފިހާރަތަކުގައި އެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް އެފް އެލްސީ އަދި ބީއެމްއެލް އިސްލާމިކް އާއި ރެޑްވޭވް ވެބްސައިޓު މެދުވެރިކޮށް މި ޕްރޮމޮޝަންގެ ދަށުން ވިޔަފާރި ކުރެވޭނެ އެވެ.

މި ޕްރޮމޯޝަނަކީ ޖުމްލަ 75،000 ރުފިޔާގެ އިނާމު ކަނޑައެޅިފައިވާ ޕްރޮމޯޝަނެކެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވާ ހުރިހާ އެންމެ ތެރެއިން ހޮވޭ 10 ފަރާތަކަށް 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ގުރުއަތުން އެއް ވަނައަށް ހޮވޭ ފަރާތަކަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާއިރު ހާއްސަކުރެވިފައިވާ ބައެއް އައިޓަމްތަކުން ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށް ރެޑްވޭވްއިން ބުނެ އެގެ. އޭގެ ތެރޭގައި ޝާޕް އޭސީއިންނާއި އޭސީ އިންސްޓޮލޭޝަންއިން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ އެވެ.

ރެޑްވޭވްއިން ބުނީ މި ޕްރޮމޯޝަނާއި ގުޅޭ މައުލޫމާތު އެ ފިހާރައިގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް