ތުންފައި ޖޯޑުކޮށްގެން ބޮސް ދިނުމަކީ ނުވަތަ ކިސް ކުރުމަކީ އިންސާނުންގެ ތެރެއިން އެކަކު އަނެކަކުދެކެ ވާ ލޯބި ހާމަކޮށްދިނުމަށް ކުރެވޭ ކަމެއް ކަމަށް ވެދާނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް މި ކަމަކީ ވަރަށް ކުރިން ފެށިގެންވެސް އިންސާނުންގެ މެދުގައި އަށަގަނެފައި އޮންނަ ކަމެކެވެ. ކަން މިހެން ހުރި ނަމަވެސް ދިރާސާތަކުގެ އަލީގައި ބަލާއިރު، މިއީ އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަ ކޮށްދިނުމަށް ކުރާ ކަމެއް ކަމަށް ވީނަމަވެސް މި ކަމުގެ ނުރައްކާ އިންތިހާއަށްް ބޮޑެވެ.
ލޯބި ކޮށްލުމުގެ ގޮތުން ދެ މީހަކު ތުންފަތް ޖޯޑުކޮށް ދޮންދިނުމާ މެދު ވިސްނާލާއިރު މިއީ ހަގީގަތަށް ވެސް ކުރުން އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. ކިސްކުރުމުގެ މަރުހަލާ އަކީ ދެ މީހެއްގެ ތުންފަތާއި ތުންފަތް ބައްދަލުވެ، އަނގަ އާއި އަނގަ ބައްދަލުވެ ދެ މީހުންގެ އަނގައިގެ ތެރެއިން އަނެކަކުގެ އަނގަ ތެރެއަށް ކުޅާއި އެހެން އެތައް ބެކްޓީރިއާއެއް ވަދެގެންގާ މަރުހަލާ އެކެވެ.
މިގޮތަށް ތުންފަތް ޖޯޑުކޮށްގެން ކުރާ އެންމެ ކިސް އަކުން ވެސް ދެ މީހެއްގެ އަނގައިން އަނގަ އަށް 80 މިލިއަން ބެކްޓީރިއާ އަރާ ކަމަށް ދިރާސާތަކުން އެނގެ އެވެ. މިހުރިހައި ބެކްޓީރިއާ އަކީ ނުރައްކާތެރި ހަށިގަނޑަށް ގެއްލުންދޭ ބެކްޓީރިއާއެއް ކަމަށް ވެސް މި ދިރާސާތަކުގައި ބުނެފައިވެއެވެ.
ކަން މިހެން ހުރިނަމަވެސް ގިނަ ބަޔަކު މިކަން ކުރަނީ އެމީހުންގެ ލޯބީގެ ގުލްދަސްތާ ތާޒާކުރުމަށެވެ. ދެމީހުންގެ ދެމެދުގައި ވާ ލޯބި އިތުރަށް ބަދަހި ކުރުމަށެވެ. ހަގީގަތުގައި މިކަމުގެ ނުރައްކާކަން ނޭންގި ތިބެއެވެ.
ހަގީގަތުގައި މިއީ އިންސާނުންގެ މެދުގައި އެންމެން ވެސް އާންމުކޮށް ކޮށް އުޅޭ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ މި ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް އިންސާނުންގެ ނަސްލުތަކާއި ދަރިފަސްކޮޅު އެކި ސަގާފަތްތަކަށް ބެހިގެންގޮސްފައިވާއިރު، މިފަހުން ކުރި ދިރާސާއަކުން އެނގިފައި ވަނީ ދުނިޔޭގެ އެކި ސަގާފަތްތަކަށް ބަލާއިރު ލޯބީގެ ދާނުގައި ބޮސްދީ އުޅެނީ މީގެ ތެރެއިން 46 ޕަސެންޓް ސަގާފަތުގައި ކަމެވެ. މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 148 ސަގާފަތެއްގެ މީހުން ބައިވެރިކޮށް ސުވާލުކޮށްފައިވެ އެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ތުންފަތް ޖޯޑުކޮށްގެން ކިސް ކުރުމަކީ އެންމެންނަށް އެނގޭ ކަމެއް ނޫނެވެ. މި ދިރާސާގައި ސުވާލުކުރެވުނު ބައެއް ފަރާތްތަކުގެ ނަޒަރުގައި އެއީ ވަރަށް ލަދު ހުތުރު ސިފަ އެކެވެ. އަދި އެހާމެ ފަކުރު ގަންނަ މުޑުދާރު ކަމެކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ތުބްފަތް ޖޯޑުކޮށްގެން ކިސް ކުރުމަކީ އިންސާނުންގެ ފުރަތަމަ ޖީލުގެ މީހުން ކޮށްއުޅުނު ކަމެއް ނޫނެވެ.
ދިރާސާގައި އިސްކޮށް އުޅުއްވި، އެމެރިކާގެ ޔުނިވާސިޓީ އޮފް ނެވާޑާގެ ވިލިއަމް ޖޭންކޮވެއިކް ވިދާޅުވެފައި ވާާގޮތުގައި "ކިސް ކުރުމަކީ" ހުޅަނގުގެ ސަގާފަތްތަކުގެ ތެރެއިން ނުކުމެ ދުނިޔެ އަށް އާންމުވެފައިވާ ކަމެކެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ތަޖުރިބާކާރެއް ކަމަށްވާ ރަފައެލް ވްލޮޑާސްކީ ވިދާޅުވާ ގޮތުގައިވެސް ކިސް ކުރުމަކީ ނިކަން ފަހުގެ ކަމެއް ކަމަށެވެ. އަދި މިއީ އިންސާނުންގެ މެދުގައި "ކިސްކުރުމުގެ" ސަގާފަތެއް އުފެދި ބަދަލުވެ އެ އާދައެއް ދިގުދެމިގެން ގޮސްފައިވުމެކެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުން އިންސާނުން ތުންފަތް ޖޯޑު ކޮށްގެން ކިސް ކުރުމުގެ އެންމެ ބޮޑު ސިއްރަކީ އެކަކު އަނެކަކުގެ ވަހަށް ޝައުގުވެރިވުމެވެ. ދިރާސާގައި ބުނާގޮތުން މި ވަހަށް ޝައުގުވެރިވުމަކީ ދެ މީހެއްގެ ދެމެދުގައި ޖިންސީ އެދުންވެރިކަން ވެސް ލައްވާލާ ހިސާބެއް ކަމަށް ސައިންސްގެ ދިރާސާތަކުން އެނގިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް