އިންޑިއާގެ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ އިންޑިއަން ސުޕަ ލީގުގެ ކުޅުން ރޭ ފަށައިފިއެވެ.
ސުޕަ ލީގުގެ ކުޅުން ރޭ ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އޭޓީކޭ މޯހަން ބަގާންއާއި ކެރެލާ ބްލާސްޓާއެވެ. މި މެޗު 1-0 އިން ކާމިޔާބުކުރީ އޭޓީކޭ މޯހަން ބަގާން އެވެ. މެޗުގައި މޯހަން ބަގާންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ރޯއީ ކްރިޝްނާ އެވެ.
ލީގު ފެށި ފުރަތަމަ މެޗުގެ ފުރތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ދެޓީމަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ހުސް ފުރުސތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފަހު ހާފަށް ކުޅެން ނިކުމެ މޯހަން ބަގާންއިން ރަނގަޅު ކުޅުމެއް ދެއްކި އިރު، އެޓީމުން މި މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯއީ ކްރިޝްނާއެވެ.
މި މޮޅާއި އެކު އެޓީމުން އިންޑިއަން ސުޕަލީގުގެ ކުޅުން ފެށިއިރު، ދެވަނަ މެޗުގައި މޯހަން ބަގާން ބައްދަލުކުރާނީ އޮޑިޝާއާއެވެ. ި މެޗު ކުޅޭނީ އަންނަ މަހުގެ 3 ވަނަ ދުވަގައެވެ.
ކޮވިޑް-19 އާއި ގުޅިގެން އިންޑިއަން ސުޕަލީގުގެ މިދިޔަ ސީޒަންގެ ކުޅުން ވަނީ ކެންސަލްކޮށްފައެވެ. ލީގުގެ ކުޅުން ކެންސަލްކުރުމަށް ފަހު އިނާމްތަށް ލީގުގައި ވާދަކުރާ ހުރިހާ ކުލަބަކަށް ބަހާލިއިރު، ލީގު ޗެމްޕިއަން ޓީމެއްގެ ގޮތުގައި އެފްސީ ގޯއާ ކަނޑައަޅާ ލީގުގެ ޗެމްޕިއަންސް ޝީލްޑް ވަނީ އެ ޓީމާއި ހަވާލުކޮށްފައެވެ.
އަދި މިފަހަރުގެ އިންޑިއަން ސުޕަލީގުގެ ކުޅުން ގޯއާ އަށް ނިސްބަތްވާ ތިން ސްޓޭޑިއަމެއްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ މުބާރާތުގައި އިންޑިއާގެ 11 ސްޓޭޓަކުން ވާދަކުރާނެއެވެ.
އިންޑިއަން ސުޕަލީގަކީ މީގެ ހަތް އަހަރު ކުރިން ވުޖޫދުވި މުބާރާތެކެވެ. 2013 ވަނަ އަހަރު ވުޖޫދުވި މި މުބާރާތުގައި ދުނިޔޭގެ ފުޓްބޯޅައިގެ މަޝްޙޫރު ގިނަ ކުޅުންތެރިން ކުޅެމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް