ކަޕިލް ޝަރުމާއަށް ދެވަނަ ދަރިއަކު ލިބެނީ!

އިންޑިއާގެ މަޝްހޫރު ކޮމިޑީއަން ކަޕިލް ޝަރުމާއަށް ދެ ވަނަ ދަރިއަކު ލިބެން އުޅޭކަމަށް ރިޕޯޓުތައް ބުނެފި އެވެ. ކަޕިލް އާއި އަންހެނުން ގިނީ ޗަތްރަތަށް ދެ ވަނަ ދަރިއަކު ލިބެން އުޅޭކަން އެމީހުން ރަސްމީކޮށް ...

21 Nov 2020 | 03:58

އިންޑިއާގެ މަޝްހޫރު ކޮމިޑީއަން ކަޕިލް ޝަރުމާއަށް ދެ ވަނަ ދަރިއަކު ލިބެން އުޅޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކަޕިލް އާއި އަންހެނުން ގިނީ ޗަތްރަތަށް ދެ ވަނަ ދަރިއަކު ލިބެން އުޅޭކަން އެމީހުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެ މައުލޫމާތު މީޑިއާއަށް ދީފައިވަނީ ދެ މީހުންގެ ގާތް މީހެއް ކަމަށްވެ އެވެ.

މިކަން އިތުރަށް ޔަގީންވެފައިވަނީ ކޮމީޑިއާން ބާރްތީ ސިން އިންޑިއާގެ ހިންދޫ ދީނުގައި ފާހަގަ ކުރާ ކަރްވާ ޗައުތް ކަޕިލްގެ ދެމަފިރިންނާއި އެކު ފާހަގަ ކުރި ކަމަށް ބުނެ އޭނާގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި ގިނީ ފެންނަ އިރު އޭނާ ބަނޑުބޮޑުކަން އެނގެ އެވެ.

ގިނީގެ ބަނޑަށް މިހާރު ހަތް މަސް ކަމަށްވެ އެވެ. އަދި އެމީހުންގެ ދެ ވަނަ ދަރިފުޅު ވިހާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.

ކަޕިލްގެ ދެމަފިރިންނަށް ދެ ވަނަ ދަރިއަކު ލިބެން އުޅޭއިރު ފުރަތަމަ ދަރިފުޅަަަށް އަދި 11 މަހެވެ. އެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގައި އެވެ.

އެ ދެމީހުން ކައިވެރިނި ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 12 ގައި އެވެ.

ކަޕިލް އާންމުންގެ މެދުގައި އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ސޮނީ ޓީވީން ދައްކާ އޭނާގެ އަމިއްލަ ޝޯ "ދި ކަޕިލް ޝަރުމާ ޝޯ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް