ރާއްޖެއިން ކޯވިޑް-19 އަށް އިިތުރު45 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ އަށް ދިވެހިންނާއި37 ބިދޭސީންނެވެ. އޭގެ ތެރެއިން42 މީހުން މާލެއިން ޕޮސިޓިވްވެފައިވާއިރު ތިން މީހަކު ޕޮސިޓިވްވީ އަތޮޅު ތެރެއިންނެވެ.
މިއަދު 1،801 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 988 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 38 މީހުންނަށެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 10،284 މީހުންނެވެ.
އަތޮޅު ތެރޭގެ 21 ރަރެއްގައި ކޯވިޑަށް ޕޮސިޓިވް 73 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 69 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
މީގެ އިތުރުން ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން 20 ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 28 މުވައްޒަފުންނާއި ަސަ ޓޫރިސްޓުންނެވެ.
މިއަދު ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19 އަށް 11،316 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 37 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް