ބާސެލޯނާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ސްޕެއިނުގެ ޖެރާޑް ޕީކޭ އާއި، ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ އާއި، ޖަރުމަނުގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން އަދި ނެދަލެންޑްސްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ބާސާގެ އެއްބަސްވުން އާކޮށްފިއެވެ.
މިހާރު އުމުރުން 33 އަހަރު ޕީކޭ ބާސާގެ އެއްބަސްވުން އާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި ޑިފެންޑަރު ލޯންގްލޭ އާއި، މިޑްފީލްޑަރު ޑި ޔޮން ބާސާގެ އެއްބަސްވުން އާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ. މީގެ އިތުރުން ބާސާގެ ގޯލު ބަލަހައްޓަމުން އަންނަ ސްޓެގެން އެ ޓީމުގެ އެއްބަސްވުން އާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.
ބާސާއިން އެ ޓީމުގެ ހަތަރު ކުޅުންތެރިއެއްގެ އެއްބަސްވުން އާކުރިއިރު، މި އެއްބަސްވުންތަކުގައި ވަނީ މި ކުޅުންތެރިންގެ މުސާރަ ވަގުތީ ގޮތުން ކުޑަކުރުމަށް ހިމަނާފައެވެ. އެގޮތުން ކޮވިޑް-19 ގެ މި ދަނޑިވަޅުގައި މި ކުޅުންތެރިންގެ މުސާރައިން ވަކި އިންސައްތައެއް އުނިކުރާނެއެވެ.
އެކަމަކު ދާދި ފަހުން ބާސާގެ ހުރިހާ ކުޅުންތެރިންނާއި މުވައްޒަފުންގެ މުސާރައިން 30 އިންސައްތަ އުނިކުރަން އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ހުށަހެޅުމުން ގިނަ ކުޅުންތެރިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
ބާސާގެ ގިނަ ކުޅުންތެރިންތަކެއް އެއްބަސްވުން އައު ކޮށްފައިވާއިރު، އެޓީމުގެ ކެޕްޓަސް ލިއޮނެލް މެސީ މިފަހަރުގެ މި ސީޒަނަށް ފަހު ބާސާ ދުކޮށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް