އެމްޓީސީސީއާއި ހަވާލުކޮށްގެން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަޅަންފެށި ކޮވިޑު ފެސިލިޓީގެ މަސައްކަތް އެންމެ 20 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކޮށްފިއެވެ.
މިދިޔަ މަހުގެ ތެރޭގައި ފެށި އެ މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކޮށްފައިވާއިރު މި މަސައްކަތް ފެށިއިރުވެސް އެމްޓީސީން ބުނެފައިވަނީ މި ފެސިލިޓީގެ މަސައްކަތް 20 ދުވަސް ތެރޭގައި ނިންމާނެ ކަމަށެވެ.
މި ފެސިލިޓީއަކީ 22 އެނދުގެ ޖާގައިގެ ތަނެކެވެ. ހަދާފައިވަނީ އައިސީޔޫއަކާއިވެސް އެކީގައެވެ.
ގދ. ތިނަދޫގައި ކޯވިޑް މެނޭޖްމެންޓު ފެސިލިޓީއެއް ހަދާފައިމިވަނީ އެ ރަށުން ކޮވިޑަށް ޕޮސިޓިވްވި އުމުރުން ދުވަސްވީ މީހަކަށް އިތުރު ފަރުވާ ދިނުމަށް އެ ސަރަހައްދަށް ހާއްސަކޮށް، ގއ. ވިލިނގިލީގައި ހަދާފައިވާ ފެސިލިޓީއަށް ގެންދިއުމުން އެ ރަށަށް ނޭރުވުމުގެ މައްސަލައެއް ކުރިމަތިވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް