ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަލީ ރަމީޒް އޭނާގެ ލަވަތައް އަޑު ނޭހުމަށް އާދޭހާއެކު އެހުންތެރިންގެ ކިބައިން އެދިފައިވަނިކޮށް ޕީއެސްއެމްއިން މިއަދުގެ މެންދުރުފަސް އަލީ ރަމީޒަށް ހާއްސަކޮށްފިއެވެ.
އަލީ ރަމީޒް އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަލީ ރަމީޒްގެ ލަވަ އަޑުއަހާ ދައްކާ ހެދުމަކީ އޭނާއަށް ކުރެވޭ ވަރަށް ބޮޑު އުނދަގުލެއް ކަމަށެވެ. ދެވޭ އަނިޔާއެއް ކަމަށެވެ.
"މިފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންމެހާ ބޭފުޅުންގެ އަރިހުން ވަރަށް އާދޭހާއެކު ދަންނަވަން" އަލީ ރަމީޒު ބުނެފައިވެއެވެ.
އަލީ ރަމީޒުގެ އެ އާދޭސް އިއްޔެ ހާމަކޮށްފައިވަނިކޮށް މިއަދު ޕީއެސްއެމްގެ މެންދުރުފަސް ޕްރޮގްރާމްގެ ލަވަތައް "އަލީ ރަމީޒް ސްޕެޝަލް" ކޮށްލުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޕީއެސްއެމް އަށް ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް