ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީސީއާރް ޓެސްޓު ހަދައުދޭ އަގު ހެޔޮކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިހާރުގެ އަގަކީ ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް 1،149 ރުފިޔާއަށް ކަމަށެވެ. އަދި ފަތުރުވެރިންނަށް 1،199 ރުފިޔާއަށް ޓެސްޓް ހެދޭނެ ކަމަށެވެ.
ޓްރީ ޓޮޕް އިން ވަނީ ޓެސްޓިން ކެޕޭސިޓީވެސް އިތުރުކޮށް ޓެސްޓުތަކުގެ ނަތީޖާ ލިބޭ ވަގުތުވެސް އަވަސްކޮށްފައިވާ ކަމަށް ޓްރީޓޮޕް އިން މައުލޫމާތުދެއެވެ.
އެ ހޮސްޕިޓަލުން ބުނީ ޕީސީއާރު ޓެސްޓުގެ ނަތީޖާ މިހާރު 12 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މީގެކުރިން ޕީސީއާރް ޓެސްޓެއް ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ހެދެނީ 1،399 ރުފިޔާއަށެވެ. އަދި ފަތުރުވެރިންނަށް ޓެސްޓް ހެދެނީ 1،499 ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް