ޤަވާއިދާއި ޚިލާފަށް ރުއްގަސް ކަނޑާތީ ބާރަށު ކައުންސިލު އެއްލައްކައަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި

ޤަވާއިދާއި ޚިލާފަށް ރުއްގަސް ކަނޑާތީ ބާރަށު ކައުންސިލު އެއްލައްކައަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ބާރަށުގެ ގްރީން ބެލ...

21 Oct 2020 | 10:47

ޤަވާއިދާއި ޚިލާފަށް ރުއްގަސް ކަނޑާތީ ބާރަށު ކައުންސިލު އެއްލައްކައަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ބާރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުންނާއި ރަށުގެ އެހެނިހެން ސަރަހައްދުތަކުން ޤަވާއިދާއި ޚިލާފަށް ގިނަ ޢަދަދެއްގެ ރުއްގަސް ކަނޑައި އަދި ރުއްގަސް އުފުރައި، ބާރަށުން ރުއްގަސް ބޭރުކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް ދިވެހި ރުފިޔާއިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މި ޖޫރިމަނާ 30 ދުވަހުގެތެރޭގައި އީޕީއޭއަށް ދެއްކުމަށް ބާރަށު ކައުންސިލަށް އަންގާފައިވާނެކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

އީޕީއޭ އިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދަށް ރިޢާޔަތްކޮށް ބާރަށު ކައުންސިލް މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް