އޭސީސީގެ މެންބަރުން ވަކިކުރާ މައްސަލަ އެހެން ދުވަހަކަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކި ކުރުމަށް އެދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހެޅުއްވި މައްސަލަ މިއަދަށް އެޖެންޑާ ކުރުމަށްފަހު އެހެން ދުވަހަކަށް ފަސްކޮ...

21 Oct 2020 | 10:46

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކި ކުރުމަށް އެދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހެޅުއްވި މައްސަލަ މިއަދަށް އެޖެންޑާ ކުރުމަށްފަހު އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރާ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ. އެ މައްސަލަ އޮތީ އެޖެންޑާގެ ދެވަނަ އައިޓަމުގެ ގޮތުގައި އެވެ. އެޖެންޑާގެ ތަރުތީބު އޮތް ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާކުރުން ލަސްވާތީ، އެކަމުގެ މައުލޫމާތު ހޯދުމަށް ޕީޖީ އޮފީހާއި، އޭސީސީގެ އިތުރުން ހިޔާނާތް ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ހާޒިރު ކޮށްފަ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމާމެދު ގޮތެއް ނިންމުން އެޖެންޑާ ކޮށްފައިވަތީ އެކި ފަހަރު މަތިން ފުރަތަމަ އެޖެންޑާގެ ގަޑި އިތުރު ކުރަމުން ގޮސް ވަނީ މެންބަރުން ވަކި ކުރުމުގެ މައްސަލަ ކުރިއަސް ގެންދަން ހުށަހަޅައިފަ އެވެ. ނަމަވެސް އޭރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުން ފުރިހަމައަށް ހާޒިރުވެފައި ނެތުމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވީ ކޮމިޓީގެ ވީހާވެސް ގިނަ މެންބަރުންގެ ހާޒިރުގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި އެ މައްސަލަ އެހެން ދުވަހަކަށް އެޖެންޑާ ކުރުމަށެވެ. އުޝާމް ހުށަހެޅުން ވަނީ ހަތަރު މެމްބަރުންގެ އައުލަބިއްޔަތުން ފާސްވެފަ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ތިން މުއައްސަސާއަކުން ކޮމިޓީއަށް ހާޒިރުވިޔަސް ގިނައިން ސުވާލު ކޮށްފައިވަނީ ވެންޓިލޭޓަރުގެ މައްސަލައިގަ އެވެ. އެގޮތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އެ ކޮމިޓީގައި ވިދާޅުވީ، ރައްޔިތުންގެ ކުރިމަތީގައި މެމްބަރުން ފެއިލްވާކަން ދައްކަން ބޭނުނުނުވާ ކަމަށާއި، އަދި މެމްބަރުން ފެއިލްވުމުގެ ކުރިން މިނިވަން މުއައްސަސާތަކުގެ ވެރިން މަގާމުން ވަކިކުރާނެ ކަމަށެވެ. ސަނީފް މިހެން ވިދާޅުވީ ކޮމިޓީއަށް ހާޒިރުވި، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ޕޮރެސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއަށް އަމާޒުކޮށެވެ. ޝަމީމާއި ޝިއުނާއަށް އަމާޒުކޮށް ރުޅިވެޅި ރާގެއްގައި ސަނީފު ބަހުގެ ހަމަލާ ދިނީ ވެންޓިލޭޓަރު މައްސަލައިގައި ހިފާފު އުފެދުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް