ދައުލަތުގެ ދަަރަނީގެ ހާލަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި "ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީގެ ރިޕޯޓް" މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
އެ ރިޕޯޓް ފާސްކޮށްފައިވަނީ ޖަލަސްގާއި ބައިވެރިވި 36 މެމްބަރުންގެ ތެރެއިންް 35 މެމްބަރުންގެ ވޯޓުންނެވެ. މި ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދީފައި ނުވެ އެވެ.
ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ރިޕޯޓަކީ ދައުލަތުން ނަގާފައިވާ ލޯނުތަށް އަނބުރާ ދެއްކުމުގައި އަމަލުކުރާގެ ގޮތާއި، އަދި މިހާރު ހުރި ދަރަނިތަށް މެނޭޖް ކުރުމަށް ކުރަން ހަމަޖެހިފައިވާ ކަންތައްތަކާއި އަދި ދަރަނި މެނޭޖް ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކެއް ހިމެނޭ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ދައުލަތުން ނަގާފައިވާ ގިނަ ލޯނުތަކުގެ ތަފްސީލީ މައުލޫމާތު ވަނީ ހިމަނާފަ އެވެ. މިދިޔަ އޮގަސްޓު މަހުން ފެށިގެން މަޖިލީހުން ދިޔައީ މި ރިޕޯޓާ ގުޅުން ހުރި ޖަލްސާތަށް ބާއްވައި މިނިސްޓަރުން ހާޒިރުކޮށް ސުވާލުކޮށް އަދި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުންތަށް ވެސް ބާއްވާފަ އެވެ.
ވޯޓުގެ ނާތީޖާ އިއުލާން ކުރުމަށްފަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާފަ އެވެ. އެ ފުރުސަތުގައި ޝިފާއު ވިދާޅުވީ، މަޖިލީހުން ނުހަނު މުހިންމު ރިޕޯޓެއް ފާސްކުރިއިރު އިދިކޮޅު ކޯލިޝަންގެ އެއްވެސް މެމްބަރަކު ހާޒިރުވެ ނެތް ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ހާޒިރުވެ ނެތީ އެއީ ނުރައްކާތެރި ރިޕޯޓަކާ ވީމަތޯ ވިދާޅުވެ، ރިޔާސަތާ ސުވާލު ކުރައްވާފަ އެވެ.
ޝިފާއުގެ ސުވާލަށް ޖަވާބު ދެއްވާ ނަޝީދު ވިދާޅުވީ، ދަރަނީގެ ކަންތައް މިހާ ބޮޑު ވެފައިވަނީ އެ ބޭފުޅުންގެ ޒައާމަތުގައި ކަމަށްވުމުން، މިހާރު ބިތުފަންގި ނަގަން ފެށުމުން އެކަމުގެ އުދަގޫ އެބޭފުޅުންނަށް ވާނެ ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ ޒައާމަތުގަ މިވަރު ވެފައި އޮތީ، ދެން ފަންގި ހިއްލާތަން ފެނި މިހުރިހާ ކަމެއް ވާން ފެށީމަ ތި ވިދާޅުވާހެން އުދަގޫ ވާނެ" ޝިފާއުގެ ސުވާލަށް ޖަވާބު ދެއްވާ އިދިކޮޅު މެމްބަރުންނާ އަމާޒު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް