ވޭވަށު ބަނދަރުގެ 45 ޕަސެންޓު މަސައްކަތް ނިންމައިފި

މ. ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 45 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ މިހާރު ކުރަމުންދާ...

21 Oct 2020 | 07:22

މ. ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 45 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 66 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

ވޭވަށު ބަނދަރު މަޝްރޫއު ނިމޭއިރު 60,839 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ.

އަދި 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ. މީގެ އިތުރުން 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ48.8 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު 27 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް