ޔައުގޫބު މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގެންނެވުން ހުއްޓުވުމުގެ އަމުރެއް ނުދިން

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން ހުއްޓުވައި ދިނުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅަފައި އެވެ. މިގޮތަށް ކޯޓުން ނިންމީ މިއަދ...

21 Oct 2020 | 06:44

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން ހުއްޓުވައި ދިނުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅަފައި އެވެ.

މިގޮތަށް ކޯޓުން ނިންމީ މިއަދު ސުޕްރީމް ކޯޓުގައި ކުރިޔަށްދާ ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަން ކަނޑައަޅައިދިނުމުގެ ޝަރީއަތުގެ މަޖިލީހުގައި އެވެ. ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް މައްސަލަ ހުށހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއެވެ.

އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ޖެހިގެން އައި ދުވަހު ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.

ޔައުގޫބްގެ މައްސަލަ ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އަށް ބަލާއިރު މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ނިންމައެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.

މިކަމާއި ގުޅޭގޮތުން ޔައުގޫބު މިހާތަނަށް ވިދާޅުވެފައިވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް