ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ދައުވަތު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދެއްވައިފި އެވެ.
އެ ދައުވަތު އިމްރާނަށް އެރުވީ ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިއަށްގެން ދިއުމަށް މިއަހަރު ހަމަޖެހިފައިވާތީ، އެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރަން ރާއީ ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން މަޖިލީހަށް ހާޒިރުވުމުންނެވެ.
ސުވާލަށް އިމްރާން ދެއްވި ޖަވާބަށް ތައުރީފު ކުރައްވާ ރާއީ ވިދާޅުވީ، އިމްރާން ދެއްވީ ވަރަށް ތަފްސީލު ޖަވާބެއް ކަމަށާއި، މިނިސްޓަރުކަމުގެ މަގާމުގައި ހުރެގެން ކުރައްވާ ބުރަ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި އިމްރާނަށް އެހާ ފުރިހަމަ ޖަވާބެއް ދެވުނީ، އަދާލަތު ޕާޓީއަށް ވުރެ ބޮޑަށް އެމްޑީޕީގެ ހަމަތަކަށް އިމްރާން ބައްޓަން ކޮށްފައިވާތީ ކަމަށާއި އެހެންކަމުން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް އެދޭ ކަމަށް ރައީ ވިދާޅުވި އެވެ.
"މިނިސްޓަރު ނިސްބަތްވާ އަމިއްލަ ޕާޓީއަށްވުރެ އަޅުގަނޑުމެންގެ ޕާޓީއަށް އިސްކަން ދީގެން މިނިސްޓަރުގެ ބައްޓަން ކޮށްފައިވާތީ، އަޅުގަނޑުގެ ދާއިރާގެ ނަމުގައި އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިނިސްޓަރު އެމްޑީޕީއަށް ސޮއި ކުރައްވާނެ ދުވަހެއް، އެންމެ ފުރަތަމަ އަޅުގަނޑު މިނިސްޓަރަށް މަރުހަބާ ކިޔާނަން" ރާއީ ވިދާޅުވި އެވެ.
ރައީގެ ދައުވަތު ދިނުމުން، އިމްރާން ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއް މަސައްކަތް ކުރަނީ އެއް އަމާޒަކަށް ކަމަށެވެ. އަދި އެ އެމާޒަށް ވަސީލުވެ ނަތީޖާ ހާސިލް ކުރާނީ އެންމެން ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް