މިރޭވެސް ޗެމްޕިއަންސް ލީގުގެ ވަރުގަދަ މެޗުތަކެއް !

ޔޫއެފާ ޗެމްޕިއަންސް ލީގު އައު ސީޒަނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭ ފެށުނު އިރު، މިރޭ ވެސް މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ވަރުގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ ކުޅެވޭ އެންމެ ފޯރިގަދަ މެޗުތަކުގ...

21 Oct 2020 | 05:22

ޔޫއެފާ ޗެމްޕިއަންސް ލީގު އައު ސީޒަނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭ ފެށުނު އިރު، މިރޭ ވެސް މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ވަރުގަދަ މެޗުތަކެއް ކުޅެވޭނެއެވެ.

އެގޮތުން މިރޭ ކުޅެވޭ އެންމެ ފޯރިގަދަ މެޗުތަކުގެ ތެރޭގައި ޗެމްޕިއަން ބަޔާން މިޔުނިކް އާއި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗުގެ އިތުރުން އަޔެކްސް އާއި ލިވަޕޫލް ބައްދަލުކުރާ މެޗުގެ އިތުރުން ރެއާލް މެޑްރިޑާއި ޚަޚްތާ ޑޮނެސްކް ބައްދަލުކުރާ މެޗު ހިމެނެއެވެ.

ޗެމްޕިއަންސް ލީގުގެ އައު ސީޒަނުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މިރޭ ފަށިގެން ކުރިޔައްދާއިރު، ގްރޫޕް ސްޓޭޖުގެ އަށް މެޗެއް މިރޭ ވެސް ކުޅެވޭނެއެވެ. އެގޮތުން މިރޭ ރާއްޖޭ ގަޑިން 9:55 ގައި ދެމެޗެއް ކުޅޭ އިރު، މިރޭ ދަންވަރު 12:00 ގައި ހަ މެޗެއް ކުޅެވޭނެއެވެ.

މިރޭ 9:55 ގައި ކުޅެން ހަމަ ޖެހިފައިވާ މެޗުތައް:

ސާލްސްބާގް – ލޮކޮމޯޓިވް މޮސްކް ( ގުރޫޕް އޭ )

ރެއާލް މެޑްރިޑް – ޝަޚްތާ ( ގުރޫޕް ބީ )

މިރޭ 12:00 ގައި ކުޅެން ހަމަ ޖެހިފައިވާ މެޗުތައް:

ބަޔާން މިޔުނިކް – އެތްލެޓިކޯ މެޑްރިޑް ( ގުރޫޕް އޭ )

މެނެޗެސްޓާ ސިޓީ – އެފްސީ ޕޯޓޯ ( ގުރޫޕް ސީ )

އިންޓަ މިލާން – ބޮރޫޝިއާ މަންގްބަލެޗް ( ގުރޫޕް ބީ )

އޮލިމްޕިއާކޮސް – މާސޭ ( ގުރޫޕް ސީ )

އަޔެކްސް – ލިވަޕޫލް ( ގުރޫޕް ޑީ )

އެފްސީ މިޑްޓިލޭންޑް – އެޓަލާންޓާ ( ގުރޫޕް ޑީ )

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް